ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރަން ފަށައިފި
އަވަސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:00
ގުޅިފަޅުން ގޯތި ލިބުނު މާލޭ މީހުންނަށް ބިން ހަވާލުކުރަން ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ގުޅީފަޅުން ދުކުރާ ގޯތިތައް ހަވާލުކުރަން މިހާރު ފަށާފައިވާ ކަމަށެވެ. ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ހުރި ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން، އެ ބިންތައްވެސް ވެރިފަރާތްތަކާ ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1260 މީހަކަށް މިހާތަނަށް ވަނީ ރަޖިސްޓްރީ ދޫކޮށްފަ އެވެ. ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.