ސީއެސްސީގެ ރައީސަކަށް މުޖްތާޒް، ނައިބުރައީސަކަށް ނާސިހްގެ ނަން މަޖިލީހަށް

އަވަސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 9:37

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު މުޖްތާޒް އަދި ނައިބުރައީސް ކަމަށް މުހައްމަދު ނާސިހް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ސީއެސްސީގެ ރައީސްކަމަށް އައްޔަންކުރަން ރައީސް މުއިއްޒު ހުށަހެޅުއްވި މުހައްމަދު މުޖްތާޒް މި ވަގުތު ހުންނެވީ ސީއެސްސީގެ ނައިބުރައީސްގެ މަގާމުގަ އެވެ. ސީއެސްސީގެ މެންބަރު ކަމަށް މުޖްތާޒް އައްޔަން ކުރައްވާފައިވަނީ މި އަހަރުގެ މޭ މަހު އެވެ. މީގެ އިތުރުން ސީއެސްސީގެ ނައިބުރައީސް ކަމަށް އައްޔަން ކުރައްވަން ހުށަހެޅުއްވި މުހައްމަދު ނާސިހް ވަނީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ. ސީއެސްސީގެ މެންބަރުކަމުގެ ދައުރު ހަމަވުމުން އަލުން ނާސިހް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. މި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

މައުޟޫޢުތަށް