އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ ހާއްސަ ޗުއްޓީއެއް

އަވަސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 3:50

އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައި ވަނީ، ގަވާއިދުގެ 188 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މުވައްޒަފެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެނަމަ އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ. ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީގެ ނަމުގައި ދޭ މި ޗުއްޓީ ދިނުމުގައި ބަލި މީހާއަކީ ޓާމިނަލް އިލްނަސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަހައްމަލުކުރަމުންދާ މީހެއް ކަމަށާއި ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓް ނުވަތަ ސެޓްފިކެޓް ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހެ އެވެ.

މައުޟޫޢުތަށް