ރާއްޖެ ޓީވީއަށް އިންޒާރު ދިނުމަށްފަހު ޗެނަލް 13 އަށް ފިޔަވަޅު އަޅައިފި

އަވަސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 6:48

ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްވެފައިވާ ކަމަށް ކަނޑައަޅައި ޗެނަލް 13ގެ ބްރޯޑްކާސްޓް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލުމަށް އަންގައި، ކުޑަކުދިންގެ ކަރާމާތަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައި، ރާއްޖެޓީވީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކޮމުން ދީފި އެވެ.

ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އެ ޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ. އެއީ މާޗު 12 ގައި "އެމްޑީޕީގެ ކުއްލި އެއްވުން" ނަމުގައި ރާއްޖެ ޓީވީން ވަގުތުން ދެއްކި އެއްވުމެއްގައި މީހަކު ދެއްކި ވާހަކައަކާ ގުޅިގެން ހުށަހެޅި މައްސަލަ އެކެވެ. ޗެނަލް 13ގެ ބްރޯޑްކާސްޓް މެެދުކަނޑާލަން އެންގީ މާދަމާ ރޭ 20:00 އިން 22:00 އަށެވެ. އެއީ މިދިޔަ އެޕްރީލް 17ވަނަ ދުވަހު އެ ޓީވީން ސޯޝަލް މީޑިއާގައި ލައިވް ކުރި "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާ ކަމަށް ނިންމުމަށް ފަހު އެވެ. ބްރޯޑްކޮމް އިން މީގެކުރިން މިދިޔަ އޮގަސްޓް 21 ވަނަ ދުވަހުވެސް ވަނީ ޗެނަލް 13އަށް ފިޔަވަޅު އަޅާފަ އެވެ.

މައުޟޫޢުތަށް