އަބްދުއްރަހީމް ޕާކިސްތާނަށް ފުރާވަޑައިގެންފި

އަވަސް

16 ސެޕްޓެމްބަރު 2025 | އަންގާރަ | 12:24

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ އިސްލާމްއާބާދަށް ކުރައްވާ ދަތުރުފުޅެކެވެ. އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަބްދުއްރަހީމް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް މިއަދު ބާއްވަން ވަނީ ނިންމާފަ އެވެ. ނަމަވެސް މި ޖަލްސާގެ އެޖެންޑާ އަދި ފައިނަލް ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް