ކްރޮސްރޯޑްސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ގިވްއަވޭއެއް

އަވަސް

17 ސެޕްޓެމްބަރު 2025 | ބުދަ | 11:15

ކްރޮސްރޯޑްސް މޯލްޑިވްސްއަށް 6 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެ މީހުންނާއި ކުޑަކުއްޖަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ހުޅުވާލި މި ފުރުސަތު ހޯދުމަށް ކްރޮސްރޯޑްސް މޯލްޑިވްސް އަދި ދަ މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް ފޮލޯކޮށްލުމުގެ އިތުރުން މި ކަމަށް ހާއްސަކޮށް ކޮށްފައިވާ ޕޯސްޓަށް ލައިކެއް ދީ އެ ޕޯސްޓް ޝެއާކޮށްލާށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ހާއްސަ ގިވްއަވޭގެ ނަސީބުވެރިއަކަށް ދެ މީހަކާއި ކުޑަކުއްޖަކަށް ސައި ލެގޫން މޯލްޑިވްސް ނުވަތަ ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި އެއް ރޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ފުލް ބޯޑް މީލް ޕްލޭނާއެކު ލިބޭނެ އެވެ. މީގެ އިތުރުން ސައި ބީޗް ކްލަބްގެ ޑޭ ވިޒިޓް ލަންޗް އަދި ފުލް އެކްސެސްއާއެކު ލިބޭއިރު ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އިން ލަންޗާއި ބީޗް އެކްސެސް ލިބޭނެ އެވެ.

މައުޟޫޢުތަށް