އައިފޯން 17 ޕްރީ އޯޑަރަށް އުރީދޫ އިން މިރޭ ހުޅުވާލަނީ

އަވަސް

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:00

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 17 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު މިރޭ ހުޅުވާލާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނީ މިރޭ ދަންވަރު 12:01 ގަ އެވެ. މި ގޮތުން މޫލީ މެދުވެރިކޮށް އައިފޯން އެއާ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްއަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. އުރީދޫ އިން ބުނި ގޮތުގައި ކަސްޓަމަރުންނަށް ފޯނު ލިބެން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 12:01 އިން ފެށިގެންނެވެ.

މައުޟޫޢުތަށް