ކްރޮސްރޯޑްސް މެރީނާގައި ކުއިކާ ބިޒްގެ ފިހާރައެއް ހުޅުވައިފި
އަވަސް
19 ސެޕްޓެމްބަރު 2025 | ހުކުރު | 1:47
ކްރޮސްރޯޑްސް މޯލްޑިވްސްގެ މެރީނާގައި ކުއިކާ ބިޒްގެ ފިހާރައެއް ހުޅުވައިފި އެވެ.
"ކުއިކާ ކްރޮސްރޯޑްސް" ފިހާރަ ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހު ކްރޮސްރޯޑްސްގެ މެރީނާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ކްރޮސްރޯޑްސް މޯލްޑިވްސް މެރީނާގެ ބައެއް އިސްވެރިންނާއި ކުއިކާ ބިޒްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކުއިކާ ބިޒްއަކީ އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނުގެ އިތުރުން ސްމާޓް ގެޖެޓް ވިއްކާ ފިހާރައެކެވެ. ކުއިކާ ބިޒްގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވީ 2017 ވަނަ އަހަރު އެވެ. ކުއިކާ ބިޒްގެ ދެ ފިހާރަ މާލޭގައި ހުރެ އެވެ.