ދާރުއް ސަލާމް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި

އަވަސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:27

ހުޅުމާލޭގައި ބިނާކުރާ ވަޤުފް އިމާރާތް -- ދާރުއް ސަލާމް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އަލުން އިއުލާނުކޮށްފި އެވެ.

ވަޤުފް އިމާރާތް -- ދާރުއް ސަލާމް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ޖުލައި މަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ ޝަރުތު ހަމަނުވާތީ އާއި މައުލޫމާތު ޝީޓަށް ބަދަލު ގެނައުމަށް އެ އިއުލާން އިސްލާމިކް މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހު ބާތިލުކޮށްފަ އެވެ. އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ބިލްޑު އެންޑް މެއިންޓަނަންސް ހިމެނޭ ގޮތަށް ދާރުއް ސަލާމް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ދާރުއް ސަލާމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ލޮޓް ނަންބަރު: 11646 ގަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ކެޓަގަރީ -01-01 ގެ ފަރާތްތަކަށެވެ. މި މަޝްރޫއަށް އަންދާސީ ހިސާބު ހުށަހެޅުން އޮތީ މިމަހުގެ 30 ވަނަ ދުވަހުގެ 11:00 އަށެވެ.

މައުޟޫޢުތަށް