ފެލިދޫގެ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި
އަވަސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:55
ވ. ފެލިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ފުލުހުން މަރުކަޒާއި ސެލް ބްލޮކް އަދި ވެހިކަލް ޝެޑްގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.