ސްކޫލުތަކުގެ ހޯލްތައް އޭސީ ކުރަނީ

އަވަސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:53

ރާއްޖޭގެ ސްކޫލުތަކުގެ ހޯލްތައް އޭސީކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ "ކޫލް ސްކޫލް" މަޝްރޫއުގައި ފުރަތަމަ އިސްކަން ދެނީ ކްލާސް ރޫމްތަކާއި ސްޓާފް ރޫމްތައް އޭސީ ކުރުމަށް ކަމަށެވެ. "މިފަދަ ހޯލްތައް އޭސީ ކުރުމަކީ ދެވަނަ މަރުހަލާއެއްގައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި ފަށާނެ މަރުހަލާއެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއަކީ ސޯލާ ޕެނަލް ހަރުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މައުޟޫޢުތަށް