ވ. ކެޔޮދޫ ސްކޫލުގެ ކަރަންޓުގެ މައްސަލަ ސްޓެލްކޯ އިން ހައްލުކޮށްދޭނެ: ރައީސް

އަވަސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:07

ވ. ކެޔޮދޫ ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ސްޓެލްކޯ އިން ހައްލުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ދަށުން މި އަހަރު އޭސީ ކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް ކެޔޮދޫ ސްކޫލުގެ ކަރަންޓަށް ވަރަށް ބޮޑު މައްސަލައެއް ދިމާވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. "އެހެންވީމަ ސްޓެލްކޯގެ ފަރާތުން ވަރަށް އަވަހަށް ތްރީފޭސް ކަރަންޓުގެ ކަންތައް ހަމަޖައްސައިދޭނެ. ދެން އެއާއެކީގައި ކަރަންޓުގެ މައްސަލަ މިވަގުތަށް ހައްލުވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވަނީ ކެޔޮދޫ ސްކޫލުގެ ކަރަންޓުގެ މައްސަލަ ހައްލުވުމާއެކު އެރަށު ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް