ރަކީދޫގެ 80 ޕަސެންޓް ހިޖުރަކުރަން އެދޭނަމަ އެކަން ކޮށްދޭނަން: ރައީސް
އަވަސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 2:45
ވ. ރަކީދޫގެ 80 ޕަސެންޓް ރައްޔިތުން ހިޖުރަކުރަން އެދޭނަމަ އެކަން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަކީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކޮށްފަ އެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިކަމުގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އެގޮތަކީ ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްޤީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިޢާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ރައީސްގެ މި ދަތުރުފުޅުގައި ރަކީދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތްވެސް ރަސްމީކޮށް ވަނީ ފައްޓަވާ ދެއްވާފަ އެވެ.