ހަލީލް އެމެރިކާއަށް ފުރާވަޑައިގެންފި
އަވަސް
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:57
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެކެވެ. މި އަހަރަކީ ރާއްޖެއިން އދ. ގައި ބައިވެރިވިތާ 60 އަހަރު ފުރޭ އަހަރެވެ. އދ. ގައި ބައިވެރިވުމަށް އެދި ރާއްޖެއިން ހުށަހެޅީ އޮގަސްޓް 21، 1965 ގަ އެވެ. އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ރާއްޖެ ބަލައިގަތީ ސެޕްޓެމްބަރު 21، 1965 ގަ އެވެ.