ފ. ނިލަންދޫގެ އާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

އަވަސް

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:36

ފ. ނިލަންދޫގައި ގާއިމްކުރާ އާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު. ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަރިހުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ އަދި ނިލަންދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ނިލަންދޫގެ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މައުޟޫޢުތަށް