ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ ގައުމީ އޮޕަރޭޝަން ފަށައިފި

އަވަސް

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:51

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ ގައުމީ އޮޕަރޭޝަން މިއަދު ފަށައިފި އެވެ.

މި އޮޕަރޭޝަން މިއަދު ވަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް ކުރިއަށް ގެންގޮސްފަ އެވެ. މާލޭގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ގުޅިގެންނެވެ. މި އޮޕަރޭޝަން މިއަދު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރޭ ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާ މައްސަލައެއް ކަމަށެވެ. "އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ދެނެގަނެ އެފަދަ 8،000 އަށް ވުރެ ގިނަ މީހުން ވާނީ ޑީޕޯޓްކޮށްފައި،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް