މުލަކު ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
އަވަސް
22 ސެޕްޓެމްބަރު 2025 | ހޯމަ | 11:09
މ. މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. މި މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ 24.5 މިލިއަން ރުފިޔާ އަށެވެ. މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ އޮގަސްޓް މަހަށެވެ.