ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

އަވަސް

22 ސެޕްޓެމްބަރު 2025 | ހޯމަ | 6:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މި ކައުންސިލް އުފައްދަވާފައިވަނީ "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތަކަށް ފަހިކޮށްދީ، ލަފާދީ، އެ މަސައްކަތްތައް ބެލެހެއްޓުމުގެ މަގުސަދު ގައެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މޯލްޑިވްސް 2.0 އަކީ ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ހިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ހިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މައުޟޫޢުތަށް