ރާއްޖެއިން ބޭރުގައި ކާޑުންކުރާ ޑޮލަރު މުއާމަލާތްތަކަށް ބަދަލުތަކެއް ގެންނަނީ
އަވަސް
23 ސެޕްޓެމްބަރު 2025 | އަންގާރަ | 7:22
ރާއްޖެއިން ބޭރުގައިކުރާ ޑޮލަރުގެ މުއާމަލާތްތަކަށް ނޮވެމްބަރު 11 އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ މ. މުލީގެ ރައްޔިތުންނާ ބައްދަލުުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ. އެ ގޮތުން ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިހާރު ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ކެނޑެނީ 500 ޑޮލަރެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3,000 ޑޮލަރަށް އެ ތާރީހުން ފެށިގެން އިތުރުވާނެ އެވެ. އަދި ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ރައީސް ވިދާޅުވި އެވެ.