3 ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

އަވަސް

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:58

ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

މި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. "ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނުގެ ޕޯސްޓުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށާއި އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ، 2026 ގައި ބޮޑުވެގެންދާނެކަމުގައި ވިދާޅުވި އެވެ.

މައުޟޫޢުތަށް