މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް

އަވަސް

29 ސެޕްޓެމްބަރު 2025 | ހޯމަ | 1:26

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް އައްޔަނުކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބައްސާމް ވަނީ ޓްރެވަލް އެޖެންސީތަކާއި އެއާލައިންތަކުގެ އިތުރުން ޑެސްޓިނޭޝަން މާކެޓިންގެ ލީޑަޝިޕްގައި އިސް ރޯލުތަކެއް އަދާކުރައްވާފަ އެވެ. މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަންކުރީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން އިންޓަވިއު ޕްރޮސެސްއަށްފަހު މަޓާޓޯގެ ބޯޑުންނެވެ. ބައްސާމް މީގެ ކުރިން ވަނީ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ. މަޓާޓޯއަށް އަންނަ އަހަރު 20 އަހަރު ފުރޭއިރު ބައްސާމްގެ ލީޑްޝިޕްގެ ދަށުން މަޓާޓޯގެ މަސައްކަތްތައް ބޮޑެތި ކުރިއެރުންތަކެއް ހޯދުމަކީ އަމާޒެއް ކަމުގައި މަޓާޓޯ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް