12 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރާނެ ބަޔަކު ހޯދަނީ

އަވަސް

30 ސެޕްޓެމްބަރު 2025 | އަންގާރަ | 7:02

ރާއްޖޭގެ 12 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ އެދުމަށް މި އިއުލާނުކުރީ ފިނޭންސް މިނިސްޓްރީންނެވެ. މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މި ކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ބީލަންތައް ކުރިއަށް ގެންދާނީ އެ މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި ހައުސިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު އަދި އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއް ގޮތަށެވެ. މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީ.ބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ފިނޭންސް މިނިސްޓްރިން ބުނެފައިވެ އެވެ. މި ޕްރޮޖެކްޓްތަކުގެ ޕްރީބިޑް ބައްދަލުވުން އޮކްޓޫބަރު ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިޕްރޮޖެކްޓުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އޮކްޓޫބަރު 19 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ. ޕްރޮޖެކްޓްތަކުގެ ބިޑް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

މައުޟޫޢުތަށް