އޮގަސްޓް މަހު އިންފްލޭޝަން މައްޗަށް
އަވަސް
30 ސެޕްޓެމްބަރު 2025 | އަންގާރަ | 8:00
ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން އޮގަސްޓް މަހު މައްޗަށް ގޮސްފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހު މުޅި ރާއްޖޭގައި އަގުތައް 4.14 ޕަސެންޓް އުފުލުނެެވެ. ކަނޑުމަހުގެ އަގުތަކަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 3.98 ޕަސެންޓް މަތީގަ އެވެ. މާލޭގައި އިންފްލޭޝަން މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހު 3.20 ޕަސެންޓް މަތީގައި ހުރިއިރު އަތޮޅުތަކުގައި މި އަދަދު ހުރީ 5.59 ޕަސެންޓް މަތީގަ އެވެ. ސީޕީއައި ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު މުޅި ރާއްޖޭގައި އަގުތައް 0.36 ޕަސެންޓް އުފުލިފައިވެ އެވެ.
ސީޕީއައި ރިޕޯޓުގައިވާ ގޮތުން އޮގަސްޓް މަހު ކަރަންޓުގެ އަގު 2.11 ޕަސެންޓް ދަށަށް ދިޔަ އެވެ. މީގެ އިތުރުން އެއްގަމު މަހުގެ އަގުތައް 0.29 ޕަސެންޓް އަދި ސަޕްލައި ފެނުގެ އަގު 0.08 ޕަސެންޓް ދަށަށް ދިޔަ އެވެ.