ޝަންގްރިއްލާ ރިސޯޓް މި އަހަރު އޮޕަރޭޝަނަށް ގެންނަނީ

އަވަސް

30 ސެޕްޓެމްބަރު 2025 | އަންގާރަ | 5:15

ޝަންގްރިއްލާ ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އައްޑޫ ސިޓީގައި އޮންނަ އެ ރިސޯޓު ބަންދު ކުރީ ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު އެވެ. ރިސޯޓު ބަންދުކުރިއިރު 500 އަށްވުރެ ގިނަ މުވައްޒަފުން އެ ރިސޯޓުގައި ވަޒީފާ އަދާ ކުރަމުންދިޔަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ޑިސެމްބަރު 31 ގެ ކުރިން އެ ރިސޯޓު ހުޅުވޭނެ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިހާރު ކުރަމުންދަނީ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ. އައްޑޫ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފަ އެވެ.

މައުޟޫޢުތަށް