މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރު ކަމަށް ހުޅުވާލައިފި

އަވަސް

30 ސެޕްޓެމްބަރު 2025 | އަންގާރަ | 5:35

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރަން ޖެހެ އެވެ.

އެމްއެމްބީސީ އަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުެގ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފަ އެވެ. ގާނޫނުގައިވާ ގޮތުން ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެ ގާނޫނުގެ ދަށުން މެންބަރުކަމަށް އައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެ އެވެ.

މައުޟޫޢުތަށް