އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި
އަވަސް
1 އޮކްޓޯބަރު 2025 | ބުދަ | 1:51
ސަލްމާން މިސްކިތުގައި ހުންނަ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި އެވެ.
މި ލައިބްރަރީ ކުރިން ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 02:00 އާ ހަމައަށެވެ. އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ރޭގަނޑު 9:30 އަށް ލައިބްރަރީ ހުޅުވިފައި ހުންނާނެ ކަމަށެވެ. މި ލައިބްރަރީގައި ހަތަރު ބަހަކުން ލިޔެފައިވާ 10،000 އަށްވުރެ ގިނަ ފޮތް ހުރެ އެވެ. މި ލައިބްރަރީގައި އަދަބިއްޔާތާއި ފިޤުހާއި ސުންނަތާއި އިސްލާމީ ތާރީޚާއި އިސްލާމީ މާލިއްޔަތާއި ޙަދީޘްގެ ޢިލްމާ ގުޅުންހުރި ގިނަ އަދަދެއްގެ ފޮތްތައް ހުރެ އެވެ.