އެއް ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

އަވަސް

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:49

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެއް ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި މިއަހަރުގެ ނޮވެމްބަރު ހަތަރު ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 240 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޖެނުއަރީ 12، 2026 އަށް އަނބުރާ ދެއްކުމަށް ވިއްކާ 55 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. މީގެ އިތުރުން އެޕްރީލް 6، 2026 އަށް އަނބުރާ ދެއްކުމަށް ވިއްކާ 360.5 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އޮކްޓޫބަރު 5، 2026 އަށް އަނބުރާ ދެއްކުމަށް ވިއްކާ 395.3 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

މައުޟޫޢުތަށް