އެންއައިސީއަށް ހަތަރު ބޭފުޅެއްގެ ނަން

އަވަސް

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:56

ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް ހަތަރު ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެންއައިސީއަށް މެންބަރުންތަކެއް އައްޔަންކުރަން މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގެ ހަތަރު މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހަށް ހަމަވާތީ އެވެ. ކޮމިޝަންގެ މެންބަރުންގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހަށް މެންބަރުކަމުގެ މުއްދަތު ހަމަ ވަނީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް އާއި ނައިބުރައީސް އާއިޝަތު ޝިއުނާ އާއި މެންބަރު ޝުއައިބް އަބްދުއްރަހްމާން އަދި އާމިނަތު ޝާދިޔާގެ އެވެ. ކޮމިޝަނަށް އައްޔަންކުރަން ރައީސް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ޝުއައިބްގެ ނަން ހިމެނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބޭފުޅުންގެ ނަންތައް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

މައުޟޫޢުތަށް