މަހާޒް ހިމެނޭ ގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް 7 ބޭފުޅެއްގެ ނަން
އަވަސް
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:18
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މެންބަރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒު އަލީ ޒާހިރާއެކު ހަތް ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒުގެ ނަމެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އެ ނަންތަކަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހުޅުވާލުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒް ވަކިކުރެއްވީ މި އަހަރުގެ މޭ މަހު އެވެ.