ކެޔޮޅުންގެ އެވޯޑަށް ހުޅުވާލައިފި

އަވަސް

3 އޮކްޓޯބަރު 2025 | ހުކުރު | 10:14

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާއަށް އެވޯޑު ދިނުން އޮންނާނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބާއްވާ ހަފުލާގަ އެވެ. މި ހަފުލާގައި އެވޯޑު ދެނީ މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު -- 35 އަހަރުން ދަށް އަދި ތަޖުރިބާކާރު ކެޔޮޅު 35 އަހަރުން މަތީގެ ކެޔޮޅަށް ދޭ އެވޯޑެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މައުޟޫޢުތަށް