ވޮކޭޝަނަލް ސްކޫލުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
އަވަސް
3 އޮކްޓޯބަރު 2025 | ހުކުރު | 2:46
މާލޭގައި އަލަށް ހުޅުވާ ވޮކޭޝަނަލް ސްކޫލުގައި ކިޔެވުމަށް އެެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަތީ ސާނަވީ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވަނީ "މާލޭ ވޮކޭޝަނަލް ހައިސްކޫލް" އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ސްކޫލުގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މި ސްކޫލުގައި ކިޔެވޭނީ 2024 ނުވަތަ 2025 ގައި ގްރޭޑް 10 ނިންމާފައިވާ އަދި މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 18 އަހަރުވެފައިނުވާ ކުދިންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.