ސްޓެލްކޯ އިން އުކުޅަހުގައި ހުރި ޖެންސެޓް އޯވަހޯލްކޮށްފި
އަވަސް
4 އޮކްޓޯބަރު 2025 | ހޮނިހިރު | 7:07
އއ. އުކުޅަހުގައި ހުރި ޖެންސެޓް އޯވަހޯލްގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ކަށަވަރުކޮށް ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އއ. އުކުޅަހުގައި ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޖެންސެޓް އޯވަހޯލްކޮށްފައިވާ ކަމަށެވެ. ސްޓެލްކޯ އިން އޯވަހޯލް ކޮށްފައިވަނީ 400 ކިލޮވޮޓްގެ ޖެންސެޓެކެވެ.
މި ޖެންސެޓް އޯވަހޯލް ކުރުމަށްފަހު އެ ޖެންސެޓުން އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.