ޓްރައިިބިއުނަލަށް އައްޔަންކުރާ ބޭފުޅުންނާ ގުޅޭ ގޮތުން ޝަކުވާއަށް ހުޅުވާލައިފި

އަވަސް

5 އޮކްޓޯބަރު 2025 | އާދިއްތަ | 5:41

ޓެކްސް އެޕީލް ޓްރައިިބިއުނަލަށް މެންބަރުން އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ބޭފުޅުންނާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މެންބަރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒު އަލީ ޒާހިރާއެކު ހަތް ބޭފުޅެއްގެ ނަން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ. ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒުގެ ނަމެވެ.

މި ނަންތައް ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ. މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައި ވަނީ މި ނަންތަކާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ މިމަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

މައުޟޫޢުތަށް