އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބޭނެ ހާއްސަ މަޝްރޫއެއް

އަވަސް

5 އޮކްޓޯބަރު 2025 | އާދިއްތަ | 9:00

ދިވެހި ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށްޓަކައި "ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ"ގެ ނަމުގައި މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމައި، އެކަމަށް މަގުފަހި ކުރުމަށްޓަކައި ހާއްސަ ކަންތައްތަކެއް ތަންފީޒު ކުރަންވެސް ސަރުކާރުން ކަނޑައަޅާފައިވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމުގެ މަގުސަދު ގައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫއާ ގުޅޭ ކަންކަން އިތުރުކޮށްގެން ކުރިއަށް ގެންދިއުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.

މައުޟޫޢުތަށް