ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 2:16

އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. މި މަޝްރޫއުގެ ދަށުން 27.32 ހެކްޓަރުގެ ބިން ހިއްކުމާއި 1،068 މީޓަރުގެ ޖިއޯބޭގު ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. މީގެ އިތުރުން 650 މީޓަރުގެ ގްރޯއިން ޖެހުމާއި 718 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 500 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން އަދި ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެ އެވެ. މި މަޝްރޫއުގެ އަގަކީ 279.9 މިލިއަން ރުފިޔާ އެވެ. މަޝްރޫއު ހަވާލުކުރީ 570 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މައުޟޫޢުތަށް