ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށައިފި

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 2:25

އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މަޝްރޫއުގެ މަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަރިހުގައި ދަނގެތި ދާއިރާގެ މެންބަރު އަބްދުالله ރަޝީދު އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އަދި ދިގުރައް ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ބައިވެރިވެވަޑައިގެންނެވި އެވެ. ދިގުރަށް ގޮޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 12.8 މިލިއަން ރުފިޔާއަށެވެ. މަޝްރޫއު 150 ދުވަސް ތެރޭގައި ނިންމަން ވަނީ ކަނޑައަޅާފަ އެވެ. މި މަޝްރޫއުގެ ދަށުން ގިރާ ސަރަހައްދުގައި 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓަކާއި، 127 މީޓަރުގެ ބޮޑު ހިލަ ރިވެޓްމެންޓަކާއި 15 މީޓަރުގެ ގްރޯއިންގެ އިތުރުން ގޮނޑުދޮށަށް ވެލި އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް