އދ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި
އަވަސް
6 އޮކްޓޯބަރު 2025 | ހޯމަ | 7:05
އދ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. މި މަޝްރޫއުގެ ދަށުން 558 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 25 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖެހުމާއި ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެ އެވެ. އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 25.1 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.