ދިފާއީ އެއްބާރުލުން އިތުރުކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފި
އަވަސް
6 އޮކްޓޯބަރު 2025 | ހޯމަ | 9:00
"އިންޑިއާ – މޯލްޑިވްސް ޑިފެންސް ކޫޕަރޭޝަން ޑައިލޮގް"ގެ ވަފުދުގެ ބޭފުޅުންނާ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ބައްދަލުކުރައްވައިފި އެވެ.
ސިފައިންގެ ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުވުމުގައިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. މި ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ރާޖޭޝް ކުމާރު ސިން އެވެ. މި ވަފުދުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިންޑިއާގެ އަސްކަރިއްޔާގެ އިސްބޭފުޅުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސްބޭފުޅުން ހިމެނެ އެވެ.