މާރާމާރީ ހިންގި ދެ ބިދޭސީން ޑިޕޯޓްކޮށްލުމަށް ނިންމައިފި

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 9:00

މާލޭގައި ރޭ މާރާމާރީ ހިންގި ދެ ބިދޭސީން ޑިޕޯޓްކޮށްލުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ މާފަންނު އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 7:11 ހާއިރު ރިޕޯޓް ކުރި ކަމަށެވެ. މާރާމާރީ ހިންގާފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި އެގޮތުން އެކެއްގެ ބޯ ފެޅި އަނިޔާވެފައިވާއިރު އޭނާއަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން އެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.ވފ

މައުޟޫޢުތަށް