ރަޝިއާއިން ދެ ލައްކަ ފަތުރުވެރިން
އަވަސް
7 އޮކްޓޯބަރު 2025 | އަންގާރަ | 8:36
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ރަޝިއާގެ ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގެ 203،737 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިއަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1،669،101 ފަތުރުވެރިންގެ 12.2 ޕަސެންޓެވެ. ފާއިތުވި 2024 ވަނަ އަހަރު ރަޝިއާގެ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އެރީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10 ޕަސެންޓް އިތުރުވެފަ އެވެ. ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 1،278 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 925 ގެސްޓްހައުސް އާއި 163 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.