މަސް އެކްސްޕޯޓްކުރި މިންވަރު 90 ޕަސެންޓް އިތުރު

އަވަސް

7 އޮކްޓޯބަރު 2025 | އަންގާރަ | 9:02

ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 90 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން 57،318 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 30،125 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 27،193 މެޓްރިކް ޓަނު އިތުރުވުމެކެވެ.

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް 45،413 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 18،346 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 6،105 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 4،081 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ.

މައުޟޫޢުތަށް