ފޮފަޅަގައު ފަޅަކީ ކުނބުރުދޫގެ ބައެއް ކަނޑައަޅުއްވައިފި
އަވަސް
7 އޮކްޓޯބަރު 2025 | އަންގާރަ | 11:57
އދ. ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެއުމުގެ ގޮތުން އެ އަތޮޅު "ފޮފަޅަގައު" (ކޯޑު ނަންބަރު 1185 ) ފަޅު ބޭނުންކުރެވިދާނެ ކަމަށް ކުނބުރުދޫ ރައްޔިތުން ހުށަހަޅައިފައިވާ ގޮތަށް، ފޮފަޅަގައު ފަޅަކީ، ކުނބުރުދޫގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރައީސް މި ގޮތަށް ނިންމެވިއިރު އެމަނިކުފާނު މިހާރު ހުންނެވީ އދ. އަތޮޅުގަ އެވެ. ކުނބުރުދޫއަކީ ރާއްޖޭގެ ބިމުގެ ނިސްބަތުން މީހުން ދިރިއުޅޭ އެންމެ ކުޑަ އެއްރަށެވެ.