މީޑިއާ ކޮމިޝަނަށް އިންތިހާބަކާ ނުލައި ހަތަރު މެންބަރުން ހޮވިއްޖެ

އަވަސް

7 އޮކްޓޯބަރު 2025 | އަންގާރަ | 8:00

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިހާބަކާ ނުލައި ހަތަރު މެންބަރުން ހޮވިއްޖެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ހަދާފައިވާ ކޮމިޝަނަށް ދާއިމީ މެންބަރުންގެ ގޮތުގައި ހަތް މެންބަރުން ހޮވަންޖެހެ އެވެ. މީގެތެރެއިން ހަތަރު މެންބަރުން ހޮވަންޖެހެނީ މީޑިއާތަކުގެ ތެރެއިންނެވެ. އަނެއް ތިން މެންބަރުން ކޮމިޝަނަށް އައްޔަންކުރަނީ އާންމުންގެ ތެރެއިން ކުރިމަތިލުމުން މަޖިލީހުން ރުހުން ލިބުމުންނެވެ. މީޑިއާ ކޮމިޝަނަށް މީޑިއާތަކުން ހޮވާ ހަތަރު މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި މުއްދަތު މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އެކަށީގެންވާ އަދަދަކަށް މީޑިއާތަކުގެ ސްލޮޓަށް ކުރިމަތިލާފައި ނުވާތީ އިންތިހާބަކާ ނުލައި ހަތަރު ބޭފުޅަކު ވަނީ އިންތިހާބުވެފަ އެވެ.

އޮންލައިން ކެޓަގަރީ

މައުޟޫޢުތަށް