މަސްތުވާތަކެއްޗާއެކު އޭޖީ އޮފީހުގެ ވަކީލެއް ހައްޔަރުކޮށްފި
އަވަސް
8 އޮކްޓޯބަރު 2025 | ބުދަ | 9:49
މަސްތުވާތަކެއްޗާއެކު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ވަކީލަކާއި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު އެވެ. އެމީހުން ހައްޔަރުކުރީ ރޭ ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" އެޕާޓްމަންޓެއް ބަލައިފާސްކުރުމަށްފަހު އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. ފައެނާއަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ.