މަޓާޓޯއިން ގަތަރު ޓްރެވަލް މާޓްގައި ބައިވެރިވާން ތައްޔާރުވެއްޖެ

އަވަސް

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:32

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގަތަރު ޓްރެވަލް މާޓް (ކިޔުޓީއެމް) ގައި ބައިވެރިވާން ތައްޔާރު ވެއްޖެ އެވެ.

ކިޔުޓީއެމް އޮންނާނީ ނޮވެމްބަރު މަހުގެ 24 އިން 26 އަށް ދޯހާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގަ އެވެ. ގަތަރުގެ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައި ގައުމުން ބޭރުގައި ބޮޑު ހޭދައެއް ކުރެ އެވެ. މީގެ އިތުރުން ދޯހާއަކީ ޔޫރަޕާއި އެމެރިކާގެ އިތުރުން މެދުއިރުމައްޗާއި އޭޝިއާ ގުޅައިދޭ ޓްރާންސިޓް ވަރުގަދަ ހަބެކެވެ. ކިޔުޓީއެމްގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯ އިން މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މަޓާޓޯ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަދި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސަސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުންނަށް ފަސް ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. ގަތަރު ޓްރެވަލް މާޓްގައި ބައިވެރިވުމަށް ރަޖިސްޓާވުމުގެ ފުރުސަތު ވަނީ މިމަހުގެ 15 ވަަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މައުޟޫޢުތަށް