ހަނިމާދޫ އެއާޕޯޓް ނޮވެމްބަރު 9ގައި ހުޅުވަނީ

އަވަސް

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:21

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެއާޕޯޓްގެ ފިނިޝިންގެ މަސައްކަތާއި ޖެޓީގެ މަސައްކަތް ކަމަށާއި ނޮވެމްބަރު ނުވަ ވަނަ ދުވަހު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ޝަރީފް ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއަށްފަހު ބާ ޓާމިނަލް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.

މައުޟޫޢުތަށް