ސަރުކާރުން ހައްޖަށް ފޮނުވާ މީހުން ހޮވައިފި

އަވަސް

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:32

ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންގެ ގުރުއަތުލުން މިއަދު ކުރިއަށް ގެންދިޔައީ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ގުރުއަތު ނެގީ 267 މީހުންގެ މެދުގަ އެވެ. ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރި ނުވެވޭ ހާލަތެއް އެއްވެސް މީހަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ހައްޖަށް ފޮނުވާނެ 25 މީހުންވެސް ގުރުއަތުން ހޮވާފަ އެވެ. ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންނަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބަލަހައްޓަމުން ގެންދާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނެވެ.

މައުޟޫޢުތަށް