ސްޓެލްކޯއިން ވ. ފުލިދޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

އަވަސް

10 އޮކްޓޯބަރު 2025 | ހުކުރު | 7:43

ސްޓެލްކޯ އިން ވ. ފުލިދޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި ޖަނަރޭޓަރަކީ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފޮނުވި 400 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި ޖަނަރޭޓަރު ސެޓާއެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުވެގެންދާނެ އެވެ. އަދި ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.

މައުޟޫޢުތަށް