ޑޮލަރު އާމްދަނީ ބިލިއަނަކަށް
އަވަސް
11 އޮކްޓޯބަރު 2025 | ހޮނިހިރު | 7:28
ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑޮލަރު ލިބުނު ޑޮލަރު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 39 ޕަސެންޓް އިތުރުވެފަ އެވެ. ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 804 މިލިއަން ޑޮލަރެވެ. ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 531 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ލިބުނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 120 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 95 މިލިއަން ޑޮލަރު ލިބުނެވެ. މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 90.9 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 92.1 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 108.6 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ލިބުނެވެ.