ދަރިވަރުން ކޭމްޕް ދާނެ ތަނެއްގެ ގޮތުގައި ކްރޮސްރޯޑްސްގެ ޑެޒިގްނޭޓެޑް އޭރިއާއެއް

އަވަސް

11 އޮކްޓޯބަރު 2025 | ހޮނިހިރު | 12:37

މާލެ ކައިރިން ސްކޫލު ދަރިވަރުން ކޭމްޕް ދާނެ ތަނެއްގެ ގޮތުގައި ކްރޮސްރޯޑްސްގެ ޑެޒިގްނޭޓެޑް އޭރިއާއެއް ހަމަޖައްސައިދީފި އެވެ.

މި ކޭމްޕިން ސައިޓް ހުޅުއްވައި ދެއްވީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ކްރޮސްރޯޑްސްގެ ސީއެސްއާރްގެ ދަށުން ތިން ހެކްޓަރުގެ ސަރަހައްދެއްގައި ގާއިމުކުރި މި ކޭމްޕިން ގްރައުންޑްގައި މިސްކިތަކާއި ކޮޓަރިތަކާއި ފަސްޓް އެއިޑް ކޮޓަރީގެ އިތުރުން އޮފީސް އިމާރާތެއް ހުރެ އެވެ.

ކޭމްޕިން ސައިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ މާލެ ކައިރިން ދަރިވަރުން ކޭމްޕް ކުރާނެ ތަނެއް ނެތި 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވުނު ކޭމްޕިން ގްރައުންޑަކީ އެކަމަށް ވަރަށް އެކަށޭނަ ތަނެއް ކަމަށާއި ކެޑޭޓާއި ސްކައުޓް އަދި ގާލްގައިޑްގެ ހަރަކާތްތަކުގެ އިތުރުން ތައުލީމީ އެކިއެކި ހަރަކާތްތައް މި ކޭމްޕިން ގްރައުންޑްގައި ހިންގާނެ ކަމަށެވެ.

މައުޟޫޢުތަށް